Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އީސީ އަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް!

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހަދަން ނަގަން އެމްޑީޕީގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ އެވެ. އޭނަ އީސީގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވިީ އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ އެވެ.

އީސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން މެމްބަރު ކަމަށް އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްކުރުމުންނެވެ.

އީސީގެ މެންބަރު އައްޔަން ކުރުމުގެ ބާރު މަޖިލީހަށް އެއްކޮށް ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް ޔޫނުސް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބެން ޖެހޭ ކަމަށެވެ.

އަދި އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ހަމައެކަނި ދައުރަކީ، އީސީގެ މެމްބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުމެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު މި މަހުގެ 13 ގައި ހަމަވުމާ ގުޅިގެން މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވަނީ މަޖިލިހަށް ފޮނުއްވައިފަ އެވެ.