Last Updated: April 27, 11:49
Saturday, April 27, 2024
ޚަބަރު

މާލޭގައި މަޖިލިސް ކެމްޕޭނަށް ރައީސް ނުކުންނަވަނީ

އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރަށް ނިސްބަތްވާ މާލެ ސަރަހައްދުގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނުކުންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކެމްޕޭން ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:45 ގަ އެވެ. އެގޮތުން ރައީސް އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް އަލީ އިބްރާހިމްގެ ކެމްޕޭންގަ އެވެ. މި ކެމްޕޭންގައި ދޮރުންދޮރަށް ހިންގަވާނެ އެވެ.

ރައީސް މި ފަހުން އެކިއެކި އަތޮޅުތަކަށް ކުރެއްވި ގިނަ ދަތުރިތަކުގައި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މަޖިލީހަށް ހޮވައި، މެޖޯރިޓީ ހޯދައި ދޭން ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައިވެ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެެވެ.