Last Updated: April 27, 22:41
Saturday, April 27, 2024
ދުނިޔެ

ޕުޓިން އަށް 5 ވަނަ ދައުރެއް ވެސް ކަށަވަރުވެއްޖެ

މާ ބޮޑު ވާދަވެރި ކަމެއް ނެތް އިންތިހާބެއްގައި ރަޝިއާގެ މިހާރުގެ ރައީސް ލަޑީމިއާ ޕުޓިން ވެރިކަމުގެ ފަސް ވަނަ ދައުރެއް ވެސް އިއްޔެ ކަށަވަރު ކުރައްވައިވަ އެވެ.

އަބަދު ވެސް އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވާ ޕުޓިން އެންމެ ފުރަތަމަ ރަޝިއާގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ގަ އެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ މުޅި ރަޝިއާ ކޮންޓްރޯލްކުރާ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަށެވެ.

އެގްޒިޓް ޕޯލްތައް ދައްކާ ގޮތުން ޕުޓިން، 71، އިންތިހާބު ކާމިޔާބުކުރެއްވީ 87.8 ޕަސެންޓް ވޯޓާ އެކީގަ އެވެ. މިއީ ސޮވިއެޓް ޔުނިއަންގެ ފަހުން ކެންޑިޑޭޓަކު އެހާ މަތީ ނިސްބަތަކުން އިންތިހާބު ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ. މި އިންތިހާބުގައި ދެވަނަ ހޯއްދެވި ކޮމިއުނިސްޓް ކެންޑިޑޭޓް ނިކޮލާއީ ހަރިތަނޯވް އަށް ލިބިވަޑައިގަތީ އެންމެ 4 ޕަސެންޓެވެ. ތިން ވަނަ ލިބިވަޑައިގަތީ މުޅިން އަލަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނެޝަނަލިސްޓް ކެންޑިޑޭޓް ލިއޮނިޑް ސްލަޓްސްކީ އެވެ.

ޕުޓިން ރަޝިއާގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައެއް ގައުމުތަކުން ވަނީ މިއީ އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިހާބެއް ނޫން ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޖަރުމަން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިކެނެ އެވެ.