Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ކުކީ ޕުޑިން

* ބޭނުންވާ ތަކެތި:

1 ޕެކެޠް ޗިޕްސްމޯ ބިސްކޯދު
2 ދަޅު ނެސްލޭ ކްރީމް
1 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ނެސްލޭ ކްރީމާއި، ކޮކޯ ޕައުޑަރު ތައްޓަކަށް އެޅުމަށް ފަހު، ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ގެރިކިރު ދަޅު އަޅައި، އޮމާން ވަންދެން ގިރާށެވެ. ދެން ޓްރޭއަކަށް ކުކީތައް ބޭނުންކޮށްގެން، ލެޔާއެއް އެޅުމަށް ފަހު އޭގެ މައްޗަށް ކްރީމްކޮޅެއް ގެ ލޭޔާއެއް އަޅައިލާށެވެ. ދެން އަނެއްކާ ވެސް ކުކީގެ އިތުރު ލޭޔައެއް އެޅުމަށްފަހު މައްޗަށް ކްރީމް ލޭޔާއެއް އަޅާނީ އެވެ.

އެއަށް ފަހު ފްރިޖްގެ ދެ ގަޑިއިރު ވަންދެން ފިނިކޮށްލާނީ އެވެ.