Last Updated: May 3, 13:49
Friday, May 3, 2024
ރިޕޯޓް

ވަލިއްޔުލްއަމްރުގެ އެންމެ އިސް ޒިންމާ އަކީ ދީން ޙިމާޔަތްކުރުން

މުސްލިމުންގެ ވަލިއްޔުލްއަމްރުގެ އެންމެ އިސް ޒިންމާ އަކީ އިސްލާމް ދީން ޙިމާޔަތްކުރުން

* އިސްލާމް ދީން ވުޖޫދުގައި ބޭއްވުމަށް ވަލިއްޔުލްއަމްރު ކުރަން ޖެހޭ މަސައްކަތްތައް:

1. ރައްޔިތުންގެ ޢަޤީދާ އާއި އީމާންކަން ހަރުދަނާކުރުމަށާއި، ދީނީ އެހެނިހެން ޙުކުމްތައް އުނގެނުމަށާއި، އަދަބު އަޚްލާޤު އުނގެނި ދަސްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން
2. އިސްލާމްދީނުގެ ރުކުންތައް އަދާކުރުމަށް ރައްޔިތުންނަށް ފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުން
3. އިސްލާމްދީނާއި އެއްގޮތަށް ޝަރީޢަތްކުރުން
4. އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި، ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި އިސްލާމީ އުސޫލުތައް ތަންފީޒުކުރުން

* އިސްލާމް ދީން ނެތިގެން ހިނގައިދާނެ ކަމައްޓަކައި ވަލިއްޔުލްއަމްރު ކުރަން ޖެހޭ މަސައްކަތްތައް:

1. ޝުބުހަތަކާއި، ބާތިލު ފިކުރުތަކާއި، ސެކިއުލަރ ފިކުރުތަކުން ރައްޔިތުން ޙިމާޔަތްކުރުން
2. އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި މުރުތައްދުންނަށް ޙައްޤު އަދަބުދިނުން
3. ދީނުގެ ޢަދުއްވުންނާއި ޖިހާދުކޮށް ރައްޔިތުންނާއި ވަތަން ޙިމާޔަތްކުރުން
4. ޝިރުކާއި ބިދުޢަތަކާއި އެންމެހައި މުންކަރާތްތައް ނަހީކޮށް، އޭގެ ދޮރުތައް ބަންދުކުރުން

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް