Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

ޝުއާއު 282 ދުވަހު ގަޑި ޖެހުނު، 105 ދުވަހު އޮފީހަށް ހާޒިރު ނުވޭ!

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު 282 ދުވަހު ގަޑި ޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ހާޒިރީއިން ދައްކައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި 17 މޭއި 2021 އިން 15 ޖެނުއަރީ 2022 އަށް 200 އަށް ވުރެ ގިނަ ދުވަހު އޮފީހަށް ހާޒިރުވީ ގަޑިޖެހިގެންނެވެ.

މީގެ އިތުރުން 16 ޖެނުއަރީ 2022 އިން ފެށިގެން 2022 ޑިސެމްބަރު 15 ވަނަ ދުވަހާއި ހަމައަށް ހާޒިރު ވާން ޖެހޭ 222 ދުވަހުގެ ތެރެއިން 37 ދުވަހު އޮފީހަށް ހާޒިރުވީ ގަޑި ޖެހިގެންނެވެ، އެގޮތުން 85ވ މިނިޓު ލަސްވެފައިވާ ކަމަށް ކައުންސިލްގެ ހާޒިރީއިން ދައްކައެވެ.

ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު 16 ޑިސެމްބަރ 2022 އިން 15 ޑިސެމްބަރު 2023 އާއި ހަމައަށް 43 ދުވަހު އޮފީހަށް ހާޒިރުވެފައިވަނީ ގަޑީ ޖެހިގެންނެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ 15 ފެބްރުއަރީން 16 ޑިސެމްބަރުގެ ނިޔަކަށް 2 ދުވަހު ޝުއާއު ގަޑިޖެހިފައިވެެއެވެ.

އަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޝުއާއު ވާދަކުރާއިރު އޭނާގެ ކައުންސިލުގައި ހޭދަކުރި 643 ދުވަހުގެ ތެރެއިން 105 ދުވަހު އޮފީހަށް ހާޒިރުވެފައި ނުވެއެވެ. މިއީ ޗުއްޓީ ނުލައި ހާޒިރުވާން ޖެހި ހާޒިރު ނުވާ ދުވަސްކަމަށް ކައުންސިލްގެ ރިކޯޑުތަކުން ދައްކައެވެ.

ޝުއާއު އަކީ ހިތަދޫ އޭއީއެޗް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ރައްޔިތުން އަތުން އަތުލުމަށް އެންމެ އިސް މަސައްކަތެއް ކުރި ކައުންސިލަރެވެ. ބިން އަތުލި މައްސަލާގައި ބިމުގެ ވެރިންނަށް ގޯތި އަނބުރާ ދިނުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.