Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ކޯރަމް ހަމަނުވި، ޖަލްސާ ނުފެށުނު

މަޖިލީހުގެ ތަޅުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނުފެށި ލަސްވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިއޮތީ 10:30 ގައެވެ. އެހެންނަމަވެސް 10:45 ވީއިރުވެސް މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ކޯރަމް ހަމަވެފައެއް ނުވެއެވެ.

އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާ ނުފެށީ ލަސްވަނީ ކޯރަމް ހަމަ ނުވާތީ ކަމަށެވެ. އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ކިބައިން ވަނީ 11 ޖަހަންވާއިރަށް ކޯރަމް ހަމަކޮށްދިނުމަށް އެދިފައެވެ. އަސްލަމް ވިދާޅުވީ 11 ޖަހާއިރުވެސް ކޯރަމް ހަމަނުވެއްޖެނަމަ ޖަލްސާ ނިންމާލައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރުމަށް ހިމަނާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ބަހުސްވެސް އެޖެންޑާ ކޮށްފައިވެއެވެ.