Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ޕޭވްމަންޓަށް ޖަހާ ހޮޅިތައް ނަގާނަން: ސިޓީ ކައުންސިލް

ކެމްޕޭން ބެނާ ހަރުކުރުމަށް ޕޭވްްމަންޓަށް ޖަހާ ހޮޅިތައް ނަގާނެ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ އިޝްތިހާރު ބެނާ، ކޭމްޕޭން ޕޯސްޓަރ ހަރުކުރުމަށް މަގުމަތީ ޕޭވްްމަންޓަށް ހޮޅިޖެހުމަކީ މަނާ ކަމެއް ކަމަށެވެ.

މިގޮތަށް ޕޭމަންޓަށް ޖަހާ ހޮޅިތައް ކައުންސިލުން ނަގަމުންދާނެ ކަމަށްވެސް މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެކި ކެމްޕޭންތަކާ ދިމާކޮށް މާލޭގެ މަގުމަތީ ޕޭވްްމަންޓަށް ހޮޅިޖަހައެވެ. އަދި މިހާރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕޭމަންޓަށް ޖަހާފައިހުރި ހޮޅިތައް މާލެސިޓީ ކައުންސިލުން އަންނަނީ ނަގަމުންނެވެ.