Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: މެކަރޯނީ ޓޫނާ ސެލަޑް

* ބޭނުންވާ ތަކެތި:

2 ޖޯޑު މެކަރޯނީ ޕާސްތާ (ފެނުކައްކާފައި)
1 ޖޯޑު މަސްދަޅު (ތެޔޮ ފެލާފައި)
2 ފެނުކެއްކި ބިހުގެ ހުދުބައި (ކޮށާފައި)
1/2 ޖޯޑު ފިޔާ (ކޮށާފައި)
1 ޖޯޑު މެޔޮނައިސް
1 ސައިސަމުސާ ޑިޖޯން މަސްޓަޑް
1/2 ޖޯޑު ގާކިން (ކޮށާފައި)
1 މޭޒުމަތީސަމުސާ ސެލެރީ (ކޮށާފައި)
1/2 ޖޯޑު ބްލެކް އޮލިވްސް
1 މޭޒުމަތީސަމުސާ ޕާސްލީ (ކޮށާފައި)
1/2 ޖޯޑު (ތިން ކުލައިގެ) ބެލް ޕެޕާ (ހަތަރެސް ކަނަށް ކޮށާފައި)
ލުނބޯހުތް
ލޮނު
އަސޭމިރުސްކޮޅެއް

* ތައްޔާރުު ކުރާނެ ގޮތް:

ބޯތަށްޓެއްގައި މެޔޮނައިސް، މަސްޓަޑު، ގާކިން، ސެލެރީ، ފިޔާ އަދި ޕާސްލީކޮޅު އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު ލުނބޯހުތް ކޮޅެއް ފިތާލުމަށް ފަހު ލޮނާއި އަސޭމިރުސްކޮޅަކުން ރަހަ ހެޔޮވަރުކޮށްލާށެވެ. ދެން ފެނުކައްކާފައި ހުރި މެކަރޯނީ، މަސް، ކޮށާފައި ހުރި ބިހާއި އޮލިވް އަދި ބެލް ޕެޕާތައް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާނީ އެވެ.