Last Updated: April 29, 13:09
Monday, April 29, 2024
މުނިފޫހިފިލުވުން

"ފައިޓާ" ނެޓްފްލިކްސް އަށް

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

ޖެނުއަރީ 25 ގައި ރިލީޒްކުރި މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދީގެން އާންމުންގެ ބޮޑި ތަރުހީބެއް ވެސް ލިބުނު އޭރިއަލް އެކްޝަން ތުރިލާއެކެވެ.

މިދިޔަ އަހަރު ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އަކީ ބޮކްސް އޮފީހުގައި 337.2 ކްރޯޑް ރުޕީސް (41 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. މި ފިލްމު ހެދީ 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާ އާއި ސަންޖީދާ ޝެއިހްގެ އިތުރުން އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.