Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

މިއީ ޒަމާނީ ލޯބީގެ ވާހަކައެއް

ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު "ދޯ އޯރް ދޯ ޕިޔާރު" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ހަަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި އިލިއާނާ ޑި ކްރޫޒާއި ޕްރަތީކް ގާންދީގެ އިތުރުން އާންމުކޮށް ހޮލީވުޑްގެ އުފެއްދުންތަކުން ފެންނަ އެކްޓަރު ސެންދިލް ރާމަމުރްތީ ވެސް ހިމެނެ އެވެ.

"ދޯ އޯރް ދޯ ޕިޔާރު" ގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި ޝިރްޝާ ގުހާ ތާކޫރްތާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯދް ވެސް ހޯދާފައިވާ ވިދިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިސްޓްރީ ފިލްމު "ނީޔަތު" އެވެ.