Last Updated: April 27, 14:44
Saturday, April 27, 2024
ޚަބަރު

ޓޫރިސްޓް ޓާގެޓްގެ 25 ޕަސެންޓް ހާސިލުވެއްޖެ

ރާއްޖެ އަށް މި އަހަރު ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި އޭގެ 25 ޕަސެންޓް މިހާރު ހާސިލުކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މިހާތަނަށް 500،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ އަދަދަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން ހިފާފައިވާ އަމާޒުގެ ހަތަރު ބައިކުޅަ އެއްބައި ކަމަށެވެ.

ޓޫރިސްޓުންގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 506،015 ޓޫރިސްޓުން ޒިޔާރަތްކޮށްފައި އެވެ.

އެ އަވަރުގެ އަދަދެއްގެ ފުރަތަމަ ތިން މަސްތެރޭގައި ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާތީ މިނިސްޓަރު ވިދާޅުވީ މިއީ ޓޫރިޒަމް ދާއިރާގައި އުޅޭ އެންމެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ދެވަނަ އަށް ރަޝިއާ އިން އެންމެ ގިނަ ޓޫރިސްޓުން އަންނަ އިރު ތިން ވަނަ އެންމެ ގިނައިން އަންނަނީ އިޓަލީންނެވެ.