Last Updated: May 2, 17:16
Thursday, May 2, 2024
ޚަބަރު

ހުޅުމާލޭގައި އިތުރު މިސްކިތެއް ބިނާކުރަން ސޮއިކޮށްފި

ހުޅުމާލެ ފޭސް ޭއްގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގެ ދަށުން މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީން ސޮއިކޮށްފައި ވަނީ މުހައްމަދު ޔޫސުފް ކިޔާ ބޭފުޅަކާ އެކީގަ އެވެ. މިއީ އޭނަގެ އަމިއްލަ ޚަރަދުގައި ބިނާކުރަން ހަަމަޖެހިފައިވާ މިސްކިތެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަމިއްލަ ފަރާތްތަކާއެކު މިސްކިތް އެޅުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވެމުން އަންނަކަމަށެވެ. އަދި އުންމީދު ކުރައްވަނީ ކުރިޔަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި މި މިސްކިތްތައް އެއްކޮށް އަޅައި ނިމޭ ނެކަމަށް ކަމަށެވެ.

ހުޅުމާލޭގައި މިހާރު ވެސް އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކޮށްފައިވާ އިރު، އެފަދަ އިތުރު މަޝްރޫއުތަކެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މުނިހޯމް ކެއާ "މަސްޖިދު ހަސަން އާދަމް" ގެ ނަމުގައި މި މަހުގެ 8 ގައި 1،500 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް ހުޅުވާފައިވެ އެވެ.