Last Updated: April 27, 17:06
Saturday, April 27, 2024
ޚަބަރު

ވޯލްޑް ޓްރެވެލް އެވޯޑްސް އިން 9 ނޮމިނޭޝަންސް

ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގެ ނުވަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.

މި އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގައި ރާއްޖެ ނޮމިނޭޓުވެފައިވާ ދާއިރާތަކަކީ:

* ލީޑިން ޑެސްޓިނޭޝަން
* ލީޑިން ބީޗު ޑެސްޓިނޭޝަން
* ލީޑިން ޑައިވް ޑެސްޓިނޭޝަން
* ލީޑިން ގްރީން ޑެސްޓިނޭޝަން
* ލީޑިން ހަނީމޫން ޑެސްޓިނޭޝަން
* ލީޑިން ޓޫރިސްޓް ބޯޑު
* ލީޑިން އެޑްވަންޗާ ޓޫރިޒަމް
* ލީޑިން ކްރޫޒް ޑެެސްޓިނޭޝަން
* ލީޑިން ވެޑިން ޑެސްޓިނޭޝަން

މި ކެޓަގަރީތަކުން ރާއްޖެ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއީ މި މަހުގެ 31 ގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީން ބުނީ މައިގަނޑު ނުވަ ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ.