Last Updated: July 15, 18:06
Wednesday, July 15, 2026
ދުނިޔެ

ދިއްލީގެ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރު އިއްޔެ ހައްޔަރުކުރީ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ. އޭނަގެ މައްޗަށް ކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިއްލީގައި ބަނގުރަލުގެ ވިޔަފާރިކުރަން ހުއްދަ ދިންކަމުގެ ތުހުމަތެވެ.

މި ތުހުމަތަށް ކެޖިރާވަލް ވަނީ ސުޕްރީމް ކޯޓްގައި ވެސް އިންކާރުކުރައްވައިފަ އެވެ. އަދި އޭނަ އާއި އާޕް އިން ބުނެފައި ވަނީ ކެޖްރިވާލްގެ ބޮލުގައި އަސާސެއް ނެތް ތުހުމުތެއް އަޅުވައި ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން ވެރިކަންކުރާ ބީޖޭޕީން ބުނީ ކެޖްރިވާލް ހައްޔަރުކުރުމުގައި ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށާއި މިއީ ގައުމުން ކޮރަޕްޝަން ނައްތައިލަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ.

މިހާރު އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ހިމެނޭ އާޕްގެ ލީޑަރު ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ އާންމު އާންމު އިންތިހާބު ބާއްވަން ކުުޑަތަންވަމުން ދަމިކޮށެވެ. އާންމު އިންތިހާބު އޮންނާނީ އަންނަ މަހުގެ ތެރޭގަ އެވެ. އާޕް އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަލިކުރަން އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާދައިވާ "އިންޑިއާ" ކޯލިޝަންގެ ބައިވެރިއެއް ވެސް މެ އެވެ.

ކެޖްރިވާލް ހައްޔަރުކުރުމާ ގުޅިގެން އެ ކޯލިޝަންގައި ހިމެނޭ 27 ޕާޓީން އަންނަނީ ބީޖޭޕީ އާއި މޯދީ އަށް ބަހުގެ ހަމަލާަތއް ދެމުންނެވެ.