Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު

ނައިފަރުގައި މިއަދު ހުކުރު ކުރީ އެންމެ ޒުވާން ޚަތީބު

ޢަބްދުﷲ ޙަޔާން ޙަމީޒު

މިއަދު ޅ. ނައިފަރުގައި އިމާމުވެ ހުކުރުނަމާދު ކުރީ އެ ރަށުގެ ތާރީހުގައި ވެސް ހުކުރު ނަމާދު ކުރި އެންމެ ޒުވާން ޙަތީބު ކަމަށް ނައިފަރު ކައުންސިލުން ބުނެފި އެވެ.

ނައިފަރުގެ އެންމެ ޒުވާން ހަތީބަކީ ޢަބްދުﷲ ޙަޔާން ޙަމީޒު ،15، އެވެ. އޭނާ އިމާމުވެ ހުކުރު ނަމާދު ކުރީ ނައިފަރު މަސްޖިދުލް ހާދީގައި ކަމަށް ކައުންސިލުން ބުނެ އެވެ.

ހަޔާން އަކީ މި ސަރުކާރުން ޒުވާން ޚަޠީބުން އުފެއްދުމަށް ހިންގި ޕްރޮގްރާމުގައި ބައިވެރިިވި ކުއްޖެކެވެ.

ހަޔާން ވަނީ މިދިޔަ އަހަރު ނައިފަރުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ވެސް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު އެ ރަށުގައި އިމާމުގެ ދަމު ނަމާދު ވެސް ހަޔާން ވަނީ ކޮށްފަ އެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުުރުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 160 ކުދިންނާ އިންޓަވިއުކޮށް މި ޕްރޮގްރާމަށް ހޮވުނު ބައެއް ކުދިން މިހާރު ވަނީ ތަމްރީންކޮށްފަ އެވެ.