Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ޕްރޯން ފްރައިޑް ރައިސް

* ބޭނުންވާ ތަކެތި:

3 ޖޯޑު ބާސްމަތީ ބަތް
1 ޖޯޑު ޕްރޯން (ސާފުކޮށްފައި)
1/2 ޖޯޑު ކުކުޅުމަސް (ކައްކާފައި)
3 ފިޔާ (ކޮށާފައި)
3 ސަމުސާ ތެޔޮ
1 ސަމުސާ މުގުރި މިރުސް
1 ސަމުސާ ސޯޔާ ސޯސް
1 ގިތެޔޮ މިރުސް
4 ބިސް
2 ލޮނުމެދު (ގާނާފައި)
ރާނބާފަތް
ހިކަނދިފަތް
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުންމައްޗަށް އުދާލާފައި ތެޔޮ ފޮދު ހޫނުވުމުން ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް، ރާނބާފަތް، އަޅައިގެން ދޭފަތުން ހާކާށެވެ. ފިޔާކޮޅު މޯޅިވުމުން މަސް، ޑިނގާ، ލޮނުމެދު، ލޮނު، އަދި ބިސް އަޅައިގެން ރޯފިލަންދެން މަޑު ގިނީގައި ކައްކާށެވެ.
ދެން ރޯފިލުމުން ބާކީ ހުރި ހުރިހާ ބާވަތްތައް އަޅައި ރަގަޅަށް އެއްކުރުމަށް ފަހު ބަތް އަޅައިގެން ރަނގަޅަށް ދޭފަތުން ހަލުވަމުން ލޮނު ހެޔޮވަރުކޮށްފައި ބަތްކޮޅު އެއްކޮށްލާނީ އެވެ.