Last Updated: May 3, 13:49
Friday, May 3, 2024
ރިޕޯޓް

މުސްލިމުންގެ ޙާކިމާގެ މަސްއޫލިއްޔަތުތައް

1- ދީނުގެ ޘާބިތުވެފައިވާ އުސޫލުތައްމަތީ އިސްލާމްދީނަށް ގޮވާލުމާއި، ދީނުގެ ޝިޢާރުތައް ނެގެހެއްޓުމާއި، އިސްލާމް ދީން ޙިމާޔަތްކުރުން.
2- ޙައްދުތަކާއި ޙުކުމްތައް ތަންފީޒުކުރުމާއި، އިންސާފާއި ޢަދުލު ޤާއިމުކޮށް، ޙައްޤުތައް ކަށަވަރުކުރުމަށް ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި ޢަދުލުގެ ނިޒާމު ޤާއިމުކުރުން.
3- ވަޠަނުގެ މިނިވަންކަމާއި، އިސްތިޤްލާލު ރައްކާތެރިކޮށް ޙިމާޔަތްކޮށް، އަމްނު އަމާންކަން ޤާއިމުކުރުން.
4- ވަޠަނުގެ އެއްކަނޑާއި ކަނޑާއި ވައިގެ ސަރަޙައްދު ބަލަހައްޓައި، ޢަދުއްވުންގެ ކެހިވެރި މަޅިތަކަށް ހުށިޔާރުވެހުރުން.
5- އިސްލާމްދީނާއި ވަޠަނުގެ ދިފާޢުގައި ޖިހާދުކުރަންޖެހިއްޖެ ޙާލަތެއްގައި ކެރިގެން ޖިހާދަށް ނިކުތުން.
6- އިޤްތިސާދީ ނިޒާމު ހަރުދަނާކޮށް، އިޤްތިސާދު ކުރިއެރުވުމުގެ ވިސްނުންތައް އިސްކޮށް، މާލީ ނިޒާމު ވަރުގަދަކޮށް، ބައިތުލް މާލުން ޢަދުލުވެރިކަމާއިއެކީ ރަައްޔިތުންގެ ޙައްގުތައް ބަހައި ފުދުންތެރި ބަޔަކަށް ރައްޔިތުން ހެދުން.
7- ނާއިބުން ޢައްޔަންކުރުމުގައި އަމާންނާތްތެރި ކަމުވޮށިގެންވާ ޤާބިލު މީހުން ޢައްޔަންކުރުން.
8- ވަޠަނުގެ ކަންކަމާއި ނާއިބުންގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް އަބަދުވެސް ބަލައި، އިރުޝާދު ދިނުމުގައި ދެމިހުރުން.
9- ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާފާގަތިކަން ގެނުވާނެ އެންމެހައި ކަމަކާއިމެދު ވިސްނައި، އެކަންކަން ފަހިކުރުން.
10- މަޝްވަރާގެ މަތިވެރި އުސޫލުގެ މަތިން ހެޔޮ ވެރިކަމެއް ކުރުން.

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް