Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

މެލޭޝިއަން އެއާލައިންސް އޮގަސްޓްގައި ރާއްޖެ އަށް

Malaysia Airlines MAS 737-8 B1 First Flight Exteriors Taxi Takeoff and Landing

މެލޭޝިއަން އެއާލައިންސްގެ ދަތުރުތަށް ރާއްޖެއަށް އޯގަސްޓް މަހު ފެށުމަށް އެއެއާލައިނުން ތައްޔާރުވެއްޖެއެވެ.

މެލޭޝިއަން އެއާލައިންސްއިން މިކަން ހާމަކޮށް މިހާރު ވަނީ ޓިކެޓުނަގަން ހުޅުވާލާފައެވެ. މިގޮތުން މިހާރު ޓިކެޓު ނަގައިގެން މާރިޗުގެ ނިޔަލަށް ޕްރޮމޯޝަނެއްގެ ދަށުން އަގުހެޔޮ ޓިކެޓު ލިބޭއިރު، އެވްރެޖްކޮށް ޓިކެޓު ކޮޅަކަށް އުޅެނީ 200 ޑޮލަރުގައެވެ. ޢަދި ދެކޮޅު ޓިކެޓު އުޅެނީ 299 އަށެވެ.

މެލޭޝިއަން އެއާލައިންސް އަކީ މެލޭޝިއާގެ ޤައުމީ އެއާލައިނެވެ، އެއެއަރލައިންގެ ދަތުރުތަށް ފަށަން ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ދުވާލަކު އެއް ފްލައިޓުންނެވެ.

މެލޭޝިއަން އެއާލައިންގެ އިތުރުން އެޤައުމަށް ނިސްބަތްވާ ބަޓިކް އެއަރއިން ވެސް ރާއްޖެއަށް ދަތުރުތަށް ދަނީ ކުރަމުންނެވެ.