Last Updated: May 2, 21:43
Friday, May 3, 2024
ދުނިޔެ

ކޭޓް ވެސް ކެންސަރަށް ފަރުވާ ހޯދަނީ

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ކެންސަރަށް ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.

ވީޑިއޯ މެދުވެރިކޮށް ކޭޓް ،42، ދިން ބަޔާނެއްގައި ވިދާޅުވީ ކެންސަރު ޖެހިފައިވާކަން އެނގުމުން ބޮޑު ޝޮކަކަށް ދިޔަ ކަމަށާއި ފާއިތުވި ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ކޭޓް ވިދާޅުވި އެވެ.

ކޭޓް ފަރުވާ ހޯއްދަވަމުން އަންނަނީ ކޮން ކަހަލަ ކެންސަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޭޓް ބަނޑުގެ އޮޕަރޭޝަން މިދިޔަ ޖެނުއަރީގައި ކުރިއިރު، އޭރު ހަށިގަނޑުގައި ކެންސަރު ހުރިކަން ނޭނގޭ ކަމަށް ކޭޓް ވިދާޅުވި އެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ހެދި ޓެސްޓްތަކުން ކެންސަރު ހުރިކަން އެނގުމުން ކީމޯތެރަޕީގެ ފަށަން އޭނާގެ މެޑިކަލް ޓީމުން ލަފާދިނުމުން ކީމޯ ނަގައި، މިހާރު ކުރިއަށްދަނީ ފަރުވާގެ އެންމެ ކުރީކޮޅުކަމަށް ވެސް ކޭޓް ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ހޯއްދަވަމުންދާކަން ކޭޓް ހާމަކޮށްފައިވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ދުވަސްކޮޅެއްގަ އެވެ.

ކޭޓްގެ އިތުރުން ރަސްގެފާނު ޗާލްސް ވެސް މިވަގުތު އަންނަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.