Last Updated: April 27, 17:22
Saturday, April 27, 2024
ޚަބަރު

ކާފަދަރިއާ ބެހުނު މީހަކު ދޫކޮށްލައިފި

ކާފަދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.

ތ. ވޭމަންޑޫ އިން އެ މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މައްސަލާގައި އެ މީހާ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އޭނަ މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކީގަ އެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރެލް އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.