Last Updated: April 28, 18:00
Sunday, April 28, 2024
ޚަބަރު

މާފުށިން ބޮޑު އަގުގައި ބިންތަކެއް ވިއްކަނީ

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި ރަސްކަންކުރަމުން އަންނަ ކ. މާފުށިން ހިއްކި ބިމުން ބޮޑު އަގުގައި ބިން ވިއްކަން ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުންއި ބުނީ، އެ ރަށުގެ އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ބިމެއް ވިއްކަން ބޭނުންވާ ކަމަށެވެ. ވިއްކަން ހުޅުވައިލީ 1،961.42-1،961.48 އަކަފޫޓްގެ ބިންތަކެވެ. މި ބިންތަކުން އަކަފޫޓެއް ވިއްކަނީ 2،000ރ. އެވެ. މިއީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން މިހާ އަގުބޮޑުކޮށް ބިން ވިއްކާ ފުރަތަމަ ފަހަރެވެ.

ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ޑޮކިއުމަންޓް ވިއްކަނީ 30،000ރ. އަށެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ.

މާފުށީ ކައުންސިލުން ބުނީ ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ވެސް ދައްކަން ޖެހޭނެ ކަމަށާއި ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.

ބިޑް ޑޮކިއުމަންޓް ވިއްކަކަން ދާނީ މާދަމާ އިން ފެށިގެންނެވެ. އަދި ބިޑް ހުށަހަޅަން ޖެހެނީ 5 ގަ އެވެ.

މާފުށި ކައިރިން 25 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ކުރީގެ ސަރުކާރުންނެވެ. އެއީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.