Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ގަވާއިދާ އެއްގޮތަށް ދުއްވާ ނަމަ ފުލުހުންގެ ހަދިޔާ

މާލޭގައި މިހާރު "ފަހި ރާސްތާ" ގެ ނަމުގައި ކުރިއަށް ގެންދާ ޓްރެފިކް ޕްރޮގްރާމްގެ ތެރޭގައި ޗެކްކުރާ އުޅަނދުތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވާ ނަމަ، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފުލުހުން ހަދިޔާ ވެސް ދޭން ފަށައިފި އެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި ހަދިޔާ ދޭނީ ބްރިޖް ހައިވޭގަ އެވެ.

"ފަހިރާސްތާ" ގެ ދަށުން ހަދިޔާ ދޭނީ ރޯޑްވާދިނަސް، އިންޝުއަރެންސް، އަހަރީ ފީ، އަދި އުޅަނދެއް ދުއްވުމުގެ ލައިސަންސާ އެކު ދުއްވާ ނަމަ އެކަނމް ފާހަގަކޮށެވެ. އެގޮތުން ހިލޭ ޕެޓްރޯލް ނުވަތަ އުޅަނދު ދޮންނަން ވައުޗާ ވެސް ދޭނެ އެވެ. މީގެ އިތުރުން ބްރިޖް ހައިވޭގައި ދުއްވާ އިރު ބޭނުން ކުރާ ހެލްމެޓްގައި މައްސަލައެއް އުޅޭ ނަމަ ނޫނީ ޤަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުން ކުރާ ނަމަ ފުލުހުން އެ ބަޔަކަށް/މީހަކަށް ހެލްމެޓް ވެސް ބަދަލުކޮށް ދޭނެ އެވެ.

ގަވާއިދާ އެއްގޮތަށް ދުއްވާ މީހުންގެ ތެރެއިން ސައިކަލެއް ނަމަ ހަދިޔާއެއްގެ ގޮތުގައި ތިން ލީޓަރުގެ ފެޓްރޯލް، ކާރެއް ނަމަ ހަތް ލީޓަރު ޕެޓްރޯލް ހަދިޔާކުރެ އެވެ.

"ފަހި ރާސްތާ" އަކީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޝީޝާ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހިންގާ ކެމްޕޭނެކެވެ.

ރޯދަ މަހަކީ ވަކިން ހާއްސަކޮށް މާލޭގެ މަގުތަކުގައި ޓްރެފިކް ވަރަށް ހަލަބޮލިވާ މަހެކެވެ. އަދި ވަކިން ހާއްސަކޮށް ރޯދަ މަހުގެ ހަވީރެވެ.