Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

އާމިރާއި ޖެނީލިއާ އާ ފިލްމުގެ ސެޓްގައި

އާމިރު ޚާނާއި ބަތަލާ ޖެނީލިއާ ޑި ސޫޒާ މިހާރު ކުޅެމުން އަންނަ ފިލްމު "ސިތާރޭ ޒަމީން ޕަރު" ގެ ސެޓުން ފޮޓޯއެއް އާންމުވެއްޖެ އެވެ.

އެ ފޮޓޯގައި ފެންނަނީ ދެ ތަރިން ވަރަށް އުފާވެރި ވާހަކައެއްގެ ތެރޭގައި އުޅޭ ތަނެވެ.

"ސިތާރޭ ޒަމީން ޕަރު" އަކީ 2022 ގެ "ލާލް ސިންގް ޗައްޑާ" އަށް ފަހު އާމިރު ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ 2018 ގެ ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ރިމޭކެކެވެ. މީގައި ދައްކުވައި ދީފައި ވަނީ ހާއްސަ އަށް ބޭނުންވާ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ސްޕެޝަލް އޮލިމްޕިކްސްގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތެވެ.

އާމިރު ބުނީ އޭނަ ޕްރޮޑިއުސް ވެސް ކުރާ "ސިތާރޭ ޒަމީން ޕަރު" އަކީ ވަރަށް ހިތްގައިމު ވާހަކައެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ޑިސެމްބަރު މަހުގެ ތެރޭގައި މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ." 59 އަހަރުގެ އެކްޓަރު ބުންޏެވެ.

"ސިތާރޭ ޒަމީން ޕަރު" ގެ ޑައިރެކްޓަރަކީ އާރްއެސް ޕްރައްސާނަ އެވެ. މީގެ ބަތަލާ ޖެނީލީއާ، 36، އަކީ އާމިރަށް ބޮޑުބޭބެ ކިޔާ ކުރީގެ އެކްޓަރު އިމްރާން ޚާން 2008 ގައި ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ޖާނޭ ތޫ…ޔާ ޖާނޭ ނާ" ގެ ބަތަލާ އެވެ. ޖެނީލިއާ އަކީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުންނެވެ.