Last Updated: April 29, 15:08
Monday, April 29, 2024
މުނިފޫހިފިލުވުން

ޓައިގާގެ "ބާގީ 4" ވެސް ހަދާނެ

ޓައިގާ ޝްރޮފް ވަރުގަދަ އެކްޝަން ރޯލެއް ކުޅެމުން އަންނަ ފްރެންޗައިޒް "ބާގީ" ގެ ހަތަރު ވަނަ ބައި ވެސް ހަދާނެކަން އިއުލާންކޮށްފި އެވެ.

މި ފިލްމު އިއުލާންކޮށްފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދޭން ހުރި އިންޑިއާގެ އާ ކޮންޓެންޓްތައް އިއުލާންކުރަން މިދިޔަ ހަފުތާގައި ބޭއްވި ކުލަގަދަ އިވެންޓްގަ އެވެ. އެ އިވެންޓްގައި "ބާގީ 4" އިއުލާންކުރި ނަމަވެސް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ މި ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި އިތުރު ކާސްޓުން އިއުލާނެއް ނުކުރެ އެވެ.

ދެހާސް ސޯޅައިގައި "ބާގީ" ގެނެސްދިނީ ޑައިރެކްޓްކުރީ ސަބީރް ޙާނެވެ. އަދި 2018 ގައި "ބާގީ 2" އާއި 2020 ގައި "ބާގީ 3" ގެ ޑައިރެކްޓްކުރީ އަހުމަދު ޚާނެވެ. "ބާގީ" އާއި "ބާގީ 3" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. "ބާގީ 2" ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ.

ޓައިގާ އާއި އަހުމަދު އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2022 ގެ "ހީރޯޕަންތީ 2" އެވެ.

"ބާގީ 4" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ޓައިގާގެ ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދުގައި ގެނެސްދޭ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި އަކްޝޭ ކުމާރު، މަނޫޝީ ޗިލާރް، އަލާޔާ ފަރްނީޗަރުވާލާ، ޕްރިތުވީރާޖް ސުކްމަރަން އަދި ސޮނާކްޝީ ސިންހާ ހިމެނެ އެވެ.