Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އިމާމްވެ ތަރާވީސް ކުރުން ޝަހީމް މެދުކަނޑާލައިފި

ސިއްޙީ ހާލަތު ތަން ނުދޭތީ އިމާމުވެ ތަރާވީސް ނަމާދު ކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް، އިމާމުވެ ތަރީވީސް ނަމާދު ކުރައްވަނީ ހުޅުމާލޭ ހުންނަ މަސްޖިދު ރަޝީދު ގަ އެވެ.

ޝަހީމް މިއަދު ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް އުއްމީދުކުރައްވާ ކަމަށާއި އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.