Last Updated: April 29, 15:08
Monday, April 29, 2024
މުނިފޫހިފިލުވުން

ޝްރަދާ ކައިވެންޏަށް ތައްތާރު ވަނީ

ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޝްރަދާ އާއި މިހާރުގެ ލޯބިވެރިޔާ ރާހުލް މޯދީގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ އެ ދެ މީހުން ކައިވެނި ވެސް ޕްލޭންކޮށްފައިވާތީ ދެ ފަރާތުގެ އާއިލާއިން މިހާރު ވެސް އެކަމުގެ ތައްޔާރީތައްވާން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު، ޝްރަދާގެ އާ ބައިވެރިޔާ ރާހުލް އަކީ އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" ގެ ސްކްރީން ރައިޓަރެވެ. މި ދެ މީހުންގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ މި މަހުގެ ކުރީކޮޅު އެވެ. ބައެއް މީޑިއާތަކުން ބުނީ ޝްރަދާ އާއި ރާހުލްގެ ގުޅުން ވަރަށް ސީރިއަސް ނަމަވެސް ކައިވެނީގެ ކުރިން ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން އެ މީހުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ކައިވެންޏާ ހަމައަށް މި ފަހުން ދިޔަ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފާއި ވިކީ ކޯޝަލްގެ އިތުރުން ކިއާރާ އަދުވާނީ އާއި ސިދާތު މަލްއުތުރާ ހިމެނެ އެވެ.

ޝްރަދާ ކުރިން ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތާއާ ވެސް ރައްޓެހިވި އެވެ. އަދި މި ދެ މީހުންގެ ކައިވެނީގެ ވާހަކަ ވެސް ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.