Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ކަރާ ގްރަނިޓާ

* ބޭނުންވާ ތަކެތި:

1 ކިލޯ ކަރާ
200 ގްރާމު ހަކުރު
200 އެމްއެލް ފެން

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކަރާގެ ތޮށި މަށާލުމަށް ފަހު އެތެރޭގައި އޮށްތައް ނަގާށެވެ. އެއަށް ފަހު ހިމުން ވަންދެން މިކްސްޗަރުން ގިރާލާނީ އެވެ. އެއަށް ފަހު ފެނާއި ހަކުރު ގިރުމަށް ފަހު ހޫނު ވަންދެން ކައްކާށެވެ. އަދި ކެއްކި ހަކުރު ހިހޫވުމުން ހިމުންކުރި ކަރަޔާ އެއްކުރުމަށް ފަހު ފްރިޖަށް ލާށެވެ.

ދެން ކޮންމެ 15 މިނެޓަކުން ދޮޅުގަޑި އިރު ވަންދެން އެއްކުރަމުން ގެންދާށެވެ. ކަރާ ގްރަނިޓާ ތައްޔާރުކޮށް ނިމުމުން ހުންނާނީ ސްނޯ ގޮތަށެވެ.