Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

ފެނަކަގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައިފި

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖުމަންޓުން ކުންފުންޏަށް ގެއްލުންވާ ގޮތަށް ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ޕްރޮޖެކްޓުތަކަކީ ބީއޯކިއުއެއް އަދި މާކެޓްގައ މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއް ވެސް ނުހަދައި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އަދި އެގޮތަށް މަގާމުގެ ނުފޫޒުން 60 ޕްރޮޖެކްޓެއް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ވިދާޅުވިއެވެ.

"އެތައް ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވި ކުންފުނި ވަނީ ބޮޑުތަނުން ދަރާފައި. ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ." މުއާޒު ވިދާޅުވި އެވެ.

އޭސީސީ އަށް ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޖީނުގެއާ ކުރުމާއި ރީލޮކޭޓުކުރުމާއި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކެވެ.