Last Updated: April 29, 17:48
Monday, April 29, 2024
މުނިފޫހިފިލުވުން

"ފުރޭތަ" ގެ ވަދާއީ ޝޯތައް 28 އާއި 29 ގައި

"ފުރޭތަ" ގެ ބަތަލު ޝަަރަފު، ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރާ އެކީ ޕްރިމިއާ ނައިޓްގައި.

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ފުރޭތަ" ގެ ވަދާއީ ޝޯތައް އޮންނާނީ މި މަހުގެ 28 އާއި 29 ގައި ކަމަށް ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.

މި ރިވެންޖް އެކްޝަން ތުރިލާ އެ ސްޓޫޑިއޯ އޮން ޕްރީމިއާކުރީ މި މަހުގެ 4 ގަ އެވެ. އަދި "ފުރޭތަ" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމެވެ. ބެލުންތެރިންގެ ފަރާތުން ފިލްމަށް މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިއީ ދިވެހި ފިލްމެއްގެ ޝެޑިއުލް ޝޯތަކެއް ރޯދަ މަހެއްގައި އޮލިމްޕަހުގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ރޯދަ މަހުގެ ޝޯތައް ފަށަނީ ރޭގަނޑު 10:00 ގަ އެވެ.

"ފުރޭތަ" އަކީ އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.

ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ އަންނަ މަހުގެ 12 ގައި ޕްރީމިއާކުރަން ތާވަލުކޮށްފައިވާ އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ. މިއީ މި އަހަރު އޮލިމްޕަހުގައި އަޅުވާ 5 ވަނަ ފިލްމެވެ.