Last Updated: April 28, 18:59
Sunday, April 28, 2024
ޚަބަރު

ވެރިކަން ދިނީމަ އިބޫ ކުޅުއްވީ "މަނީ ހެއިސްޓް"

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 2018 ގައި ވެރިކަން ދީ، މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީ އަށް ދިނުމުން ކުޅުނީ "މަނީ ހެއިސްޓް" ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ފާޑު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން މެޖޯރިޓީ ހޯދަން މަސައްކަތްކުރާތީ އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކީ ވެރިކަމުގައި ތިވެގެން އެމްޑީޕީ އަށް ރައްޔިތުންނަށްޓަކައި ނުކޮށް ދެވުނު ކަމެއް މިހާރު އިދިކޮޅުގައި ތިބިގެން ކޮށްދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

"އިބޫ އަށް ދެހާސް އަށާރައިގައި ވެރިކަން ދީފައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީމަ ކުޅުނީ މަނީ ހެއިސްޓް،" ބޭންކް ލޫޓްވަން ބަޔަކު ކުރާ މަސައްކަތްތައް ދައްކުވައި ދިން ނެޓްފްލިލްސްގެ މަޝްހޫރު ސީރީޒް އާއި އެމްޑީޕީގެ ވެރިކަން ގުޅުވައި، ފައިސަލ ވިދާޅުވި އެވެ. "މުޅި ގައުމު ދަރުވާލީ. އަދި މިނިވަންކަން ވެސް ވިއްކައިލީ."

ނަމަވެސް ރާއްޖޭގެ މިހާރުގެ ސަރުކާރަކީ ހިންގުމުގެ ތަޖުރިބާ ހުރި ގާބިލު ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.

"ރައީސް މުއިއްޒަކީ އިލްމީ އަދި ސަރުކާރު ހިންގުމުގެ ތަޖުރިބާ ހުންނެވޮ ބޭފުޅެއް." ފައިސަލް ވިދާޅުވި އެވެ.