Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

ބަތަލާ ނީހާ ސިޔާސީ ގޮނޑިއަކަށް ވާދަކުރަނީ

އަންނަ މަހު ބާއްވާ އިންޑިއާގެ އާންމު އިންތިހާބުގައި ބަތަލާ ނޭހާ ޝަރުމާ ވާދަކުރާނެކަމުގެ އިޝާރާތެއް އޭނަގެ އާއިލާ އިން ދީފި އެވެ.

މިހާރު ވެސް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުހެ ތިރިގެ، ލޯކް ސަބާގައި ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނޭހާގެ ބައްޕަ އަޖީތު ޝަރުމާ ބުނީ ގުޅިފައިވާ ކޯލިޝަނުން އިންތިހާބުގައި ވާދަކުރާ އިރު، ބަގަލްޕޫރް ދާއިރާގެ ގޮނޑި ކޮންގްރެސް އަށް ލިބިއްޖެ އެ ގޮނޑި އަށް އޭނަގެ ދަރިފުޅު ވާދަކުރަން ހުށަހަޅާނެ ކަމަށެވެ.

"އެ ދާއިރާގެ ގޮނޑި ކޮންގްރެސް އަށް ލިބިއްޖެ ނަމަ ނޭހާ އެ ދާއިރާ އަސް ވާދަކުރަން ފުރުސަތު ދޭން އެދޭނަން،" އަޖީތު ބުންޏެވެ. "އެކަމަކު އެ ދާއިރާ އަށް ސީދާ އަހަރެން ވާދަކުރަން ކޮންގްރެސް އިން ބާރު އަޅާ ނަމަ އެކަމަކާ ދެކޮޅެއް ނުހަދާނަން."

ނޭހާ ސިޔާސީ ދާއިރާ އަށް ނުކުންނާނެކަމުގެ އިޝާރާތެއް އޭނަގެ ބައްޕަ ދިން ނަމަވެސް މިކަމާ ބެހޭ ގޮތުން ސީދާ ނޭހާ ވަކި އެއްޗެއް ބުނެފަ އެވެ. ބޮލީވުޑުން މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ 36 އަހަރުގެ ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތުމް ބިން 2"، "ޔަންގިސްތާން"، "މުބާރާކަން"، "ތާނާޖީ" އަދި "ޖޯގިރާ ސަރާ ރާ ރާ" ހިމެނެ އެވެ.

ނޭހާގެ ކޮއްކޮ އައިޝާ ޝަރުމާ އަކީ ވެސް ބަތަލާއެކެވެ.

އިންޑިއާގެ އާންމު އިިންތިހާބު ބާއްވަން ހަމަހެހިފައި ވަނީ އަންނަ މަހުގެ 19 އިން ޖޫން 1 އަށެވެ.

މި އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބީޖޭޕީ ބަލިކުރަން އިދިކޮޅު ޕާޓީތަކުން ނުކުންނަނީ "އިންޑިއާ" ގެ ނަމުގައި ހަދާފައިވާ ކޯލިޝަނަކުންނެނެވެ. މި ކޯލިޝަންގެ އިސް ޕާޓީ އަކީ ކޮންގްރެސް އެވެ.