Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ބަލީލާ ސެލަޑް

* ބޭނުންވާ ތަކެތި:

2 ދަޅު ރެޑް ކިޑްނީ ބީންސް
1/2 ޖޯޑު މިންޓް ލީވްސް (ކުދިކޮށް ކޮށާފައި)
1/2 ފާސްލީ (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗެރީ ޓޮމާޓޯ (ދެފަޅިކޮށްފައި)
1 ބެލްޕެޕަ (ކުދިކޮށް ކޮށާފައި)
1 ލޮނުމެދުކޮޅު (މިންސްކޮށް ކޮށާފައި)
1/4 އޮލިވް އޮއިލް
3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
5 މޭޒުމަތީ ސަމުސާ އެޕަލް ސައިޑަ ވިނިގާ
ލޮނު/އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބޮޑު ބޯތައްޓެއްގައި ބީންސް، މިންޓް ލީވްސް، ޕާސްލީ، ފިޔާ އަދި ޗެރީ ޓޮމާޓޯ އެއްކޮށްލައި އެއް ކައިރީގައި ބަހައްޓާށެވެ.
ދެން މިކްސަރަށް ބެލްޕެޕަ، ލޮނުމެދު، އޮލިވްއޮއިލް، ލުނބޯ ހުތް، ވިނިގާ އެޅުމަށް ފަހު ރަގަޅަށް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ބޯތަށީގައި ހުރި ތަރުކާރީތަކު މައްޗަށް އަޅައި އެއްކޮށްލާނީ އެވެ. އޭރުން މި ސެލަޑް ތައްޔާރު ކުރެވުނީ އެވެ.

މިއީ ވަކި އެއްޗަކާ ނުލައި ހުސްކޮށް ކާލަން ވެސް ވަރަށް މީރު އެއްޗަކަށް ވާނެ އެވެ.