Last Updated: July 22, 14:09
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަންނަ މަހުގެ އިންތިހާބުގައި ކަންގަނާ ވާދަކުރާނެ

އަންނަ މަހު ބާއްވާ އިންޑިއާގެ އާންމު އުންތިހާބުގައި ވާދަކުރާނެކަން އެ ގައުމުގެ ބަތަލާ ކަންގަނާ ރަނާވަތު އިއުލާންކޮށްފި އެވެ

ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރަން ނިންމާފައި ވަނީ އުފަން ސްޓޭޓް، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަކަށެވެ. އެ އެ ދާއިރާގެ ބީޖޭޕީ ޓިކެޓް ކަންގަނާ އަށް ދޭން އިއްޔެ އެ ޕާޓީގެ އެންމެ އިސް ފަރާތްތަކުން ނިންމުމާ ގުޅިގެން ހުނަރުވެރި ބަތަލާ ވަނީ ޕާޓީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކަންގަނާ އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީ އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ ބަތަލާއެކެވެ. އަދި އޭނަ ފާހަގަކުރެވިފަައި ވަނީ މުސްލިމުންނާ ދެކޮޅު، ހަރުކަށި ހިންދޫ ފިކުރު ގެންގުޅޭ މީހެއްގެ ގޮތުގަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ އަށް ކަންގަނާ ވަދާކުރަން މި ފަހަރު ނިންމީ އޭނަ ވަރަށް އަވަހަށް ސިޔާސީ ދާއިރާ ފެނިދާނެކަމުގެ ވާހަކަތަކެއް މި ފަހުން ވަރަށް ބޮޑަށް ދެކެވިފައި ވަނިކޮށެވެ. ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުނެފައިވާ ގޮތުގައި އެފަދަ ފުރުސަތެއް ރައްޔިތުން އޭނަ އަށް ދޭން ބޭނުންވާ ނަމަ އެކަމުގައި ސާބިތުވެ ހުންނާނެ އެވެ.

ލޯކް ސަބާ އިންތިހާބު ފަށާނީ އަންނަ މަހުގެ 19 ގަ އެވެ. އަދި މިޖ އިންތިހާބުގެ ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާނީ ޖޫން 4 ގަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވާދަކުރާ ފިލްމީ ތަރިންގެ ތެރޭގައި މަޝްހޫރު ސިލްސިލާ "ރާމާޔަން" ގެ ބަތަލު އަރޫން ގޯވިލް ވެސް ހިމެނެ އެވެ. ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރާނީ އުއްތަރު ޕްރަދޭޝްގެ މީރަތު ދާއިރާއަށެވެ. މީގެ އިތުރުން ކޮންގްރެސްގެ ފަރާތުން ބަތަލާ ނޭހާ ޝަރުމާ ވެސް ލޯކް ސަބާ އަށް ވާދަކުރާނެ ކަމަށް ބެލެވެ އެވެ.