Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

ޒިކްރާގެ ހިންގާ ކޮމިޓީ އިންތިޚާބްކޮށްފި

އިޖުތިމާޢީ ގޮތުން ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ "ޒިކްރާ ފައުންޑޭޝަންގެ ފުރަތަމަ ހިންގާ ކޮމެޓީ އިފްތިތާހްކޮށްފި އެވެ.

ޒިކްރާ ފައުންޑޭޝަނުން ބުނީ މިސްކިތް ޢިމާރާތް ކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދުމަށް މަސައްކަތް ކުރުމާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރުވައި މިފަދަ އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެހެނިހެން ފަރާތްތަކުން ހިންގާ މިފަދަ ޙަރަކާތްތަކަށް މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަންފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމުގެ މަޤްޞަދުގައި އުފެއްދި މި ފައުންޑޭޝަންގެ ފުރަތަމަ ހިންގާ ކޮމިޓީގެ ރައީސްއަކަށް ހޮވިފައިވަނީ ސ.ހިތަދޫ ޖަވާހިރުވާދީ މުޙައްމަދު ޢަބްދުﷲއެވެ.

ނައިބް ރައީސަކަށް ހިތަދޫ ސިލްވަރުގެ ޢަލީ އަޙުމަދު ހޮވުނު އިރު އަމީން ޢާންމު އަކަށް ހޮވިފައިވަނީ ހިތަދޫ އޭޝް ޢަލީ ސަޢުދީ އެވެ.

ޖަމިއްޔާގެ ހަޒާންދާރަކަށް ހިތަދޫ ބޮޑިފަށުވިގެ ޢަލީޢަބްދުއްސައްތާރު ހޮވުނު އިރު އިންތިޒާމް ސެކްރެޓަރީ އަކީ .ހިތަދޫ ލައިނޫފަރުމާގެ ޙުސައިން ޢަލީ އެވެ.

ޖަމިއްޔާގެ އާއްމު 5 މެމްބަރުންނަކީ ހިތަދޫ ބިނާ މުޙައްމަދު ސަޢުދީ ޙަސަން އާއި ސ.ހިތަދޫ ވިލާޑީސޯސަން ޖަޢުފަރުހާދީ އާއި ހިތަދޫ ބޯޅަދަޑިގެ އާމިނަތު ހަފީޒާ އާއި ހިތަދޫ ދިމިޝްޤް ޢާއިޝަތު މައުސޫމާ އާއި ސ.ހިތަދޫ ޝީނާޒު އަޙުމަދު ޝުޖާޢު އެވެ.

ޒިކްރާ ފައުންޑޭޝަން އަކީ "ޒިކްރާ ގްރޫޕް" ގެ ނަމުގައި ހިތަދޫ މަސްޖިދުއް ޛިކުރާ މިސްކިތް ޢިމާރާތް ކުރުމަށް އުފެދުނު ގްރޫޕްއެކެވެ.

މި ގްރޫޕުން ވަނީ .ހިތަދޫ މަސްޖިދުއްޝޫރާ މިސްކިތް ޢިމާރާތް ކުރުމަށްފަހު ރަށު ފެންވަރުގައި ދީނީ ކަންކަން ކުރިއަރުވަން މަސައްކަތް ކޮށްފައެވެ.

މި ފައުންޑޭޝަން ގެ އިދާރާ އަކީ ސ.ހިތަދޫ ޖަވާހިރުވާދީ އެވެ.