Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ބޭރުގެ ސިފައިން ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޑްރޯންތައް ދުއްވުމުގައި ހބޭރުގެ ސިފައިން ނުތިބޭނެ ކަމަށާއި، އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވުމަށް ނުތިބޭނެ ކަމަށެވެ.

މިހާރުވެސް ޑްރޯންތައް ދުއްވަނީ ދިވެހި ސިފައިން ތުރުކީއަށްގޮސް ތަމުރީނު ހޯދައިގެން އައިސް ކަމަށާއި، އިތުރު ސިފައިންވެސް ތަމްރީނު ހޯދުމަށް ދާނެ ކަމަށެވެ. އަދި ޑްރާންތައް ދުއްވުމުގައި އުޅޭނީ ދިވެހި ސިފައިންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.