Last Updated: May 2, 11:16
Thursday, May 2, 2024
ޚަބަރު

ރިސޯޓެއް ވިއްކާލަން އިއުލާންކޮށްފި

އދ. އަތޮޅު ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް ވިއްކާލުމަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން އިއުލާނުކޮށްފި އެވެ.

އެ ބޭންކުން ބުނީ ސާބިތު ދަރަނީގެ މައްސަލައެއްގައި، ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުން
މިމަހުގެ 14 ވަނަ ދުވަހު ކުރި ހުކުމަކާ ގުޅިގެން ލިބިފައިވާ ކަމަށެވެ. ޖުމްލަ 30 ކޮޓަރީގެ އެ ރިސޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރު އެވެ. އަދި ކަމަށެވެ. އޭގެ ފަހުން އިތުރު 49 އަހަރަށް ލީސްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއޯސީން ބުންޏެވެ.

ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް ވިއްކައިލުމުގެ އެންމެ ކުޑަ އަގަކަށް ކަނޑައަޅާފައި ވަނީ 21.14 މިލިއަން ޑޮލަރެވެ.

ބިޑް ޑޮކިއުމަންޓް އަންނަ މަހުގެ 18 އާ ހަމަަށް ވިއްކަން ހަމަޖެހިފައިވާ އިރު، ބިޑް ޑޮކިއުމަންޓް ވިއްކާނީ 2،000 ޑޮލަރަށެވެ. ަ 25،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 23 ވަނަ ދުވަހު އެވެ.

ބީއޯސީން ބުނީ ބިޑް ކާމިޔާބުކުރާ ފަރާތަކުން މަސް ދުވަހުގެ ތެރޭގައި ކާމިޔާބުކުރި އަގުގެ 25 ޕަސަންޓު އަދި ދެ ދުވަހުގެ ތެރޭގައި ބާކީ ބައި ދައްކައި ހަލާސް ކުރަންޖެހޭނެ ކަމަށެވެ.