Last Updated: April 28, 09:50
Sunday, April 28, 2024
ޚަބަރު

ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފި އެވެ.

މި ލިސްޓް ވަނީ ކޮމިޝަންގެ ވެބްސައިޓާއި ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.

އިންތިހާބުގައި ވޯޓްލެވޭ މީހުންފެ ފައިނަލް ލިސްޓް އާންމުކޮށްފައި މި ވަނީ ކުރިން މި މަހުގެ 17 ގައި ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމުން ވޯޓްލުމުގެ ހައްގު ލިބުނު އިތުރު 560 މީހުންނާ އެކީގަ އެވެ. އެ އަދަދާ އެކީ އެކީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު މިހާރު 284،887 އަށް އަރަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.