މޮރިޝަސްގެ ބޮޑު ވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޒަވިއޭ ލިއުކް ޑިވާލް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ ނާއިބަށް އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓުން މަރްޙަބާ ވިދާޅުވީ، ނައިބު ރައީސް މުހައްމަދު ވަޙީދުއްދީނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިންނެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.