Last Updated: April 29, 09:41
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ޕައިންއެޕަލް ޗިކެން

* ބޭނުންވާ ތަކެތި:

450 ގްރާމް ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
1 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
1 ރަތް ބެލްޕެޕަ (ކުދިކޮށް ކޮށާފައި)
¾ އަލަނާސި ޖޫސް ދަޅު
¼ ޖޯޑު ސޯޔާ ސޯސް
¼ ޖޯޑު ބްރައުން ޝުގާ
2 ލޮނުމެދު (ޗިސްކޮށްފައި)
½ ފެހި ބޮޑު މިރުސް (އޮށް ނަގާފައި)
2 މޭޒުމަތީސަމުސާ ކޯންސްޓާޗް
ލޮނު، އަސޭމިރުސް (ރަހަލާ ވަރަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ
¼ ޖޯޑު ކެޝޫ ނަޓް

* ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި މަޑު ގިނީގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. ތެޔޮފޮދު ހޫނުވުމުން ކުކުޅު، ލޮނު، އަސޭމިރުސް އަޅައި މީރުކޮށްލައި، ބެލް ޕެޕަކޮޅު ކުކުޅުގެ ތެރެއަށް އަޅާލާށެވެ. އަދި ފަސް ވަރަކަށް މިނެޓް މީރުކޮށްލާށެވެ.

ދެން އެހެން ތަވައެއްގައި އަލަނާސި ފަނި، ސޯޔާ ސޯސް، ބްރައުން ޝުގާ ލޮނުމެދު، ބޮޑު ފެހި މިރުސް އަޅާ މީރުކުރާށެވެ. ވަކިން ބޯތައްތެއްގައި ދެ މޭޒުމަތީ ސަމުސާ ފެނާއެކު ކޯންސްޓާޗް އެއްކޮށްލައި، އަލާނާސި މީރުކުރި ތަވާތެރެއަށްއަޅާ އެއްކޮށްލާށެވެ. ދެން ފަސް މިނެޓު މިތަކެތި މީރުކުރުމަށް ފަހު ކުކުޅު ތައްޔާރުކުރި ތަވައަށް ސޯސް އެއްކުރުމުން ހުންނާނީ ތައްޔާރުކުރެވިފަ އެވެ.