Last Updated: April 29, 00:08
Sunday, April 28, 2024
ރިޕޯޓް

ދަރިން ތަރުބިއްޔަތު ކުރުމުގެ އުސޫލުތަކެއް

ދަރިން ތަރުބިއްޔަތުކުރުމުގެ 4 އުޞޫލަކީ ހަތަރެކެވެ.

1. ޢަޤީދާގެ ތަރުބިއްޔަތު
2. ޖިސްމާނީ ތަރުބިއްޔަތު
3. ނަފްސާނީ ތަރުބިއްޔަތު
4. އަޚްލާޤީ ތަރުބިއްޔަތު

ބައްޕައަކު އޭނާގެ ދަރިފުޅުގެ އުސްތާޛަށް ދެއްވި ނަސޭޙަތުގެ ބަސްކޮޅެއް:

"ތިމަންނަގެ ދަރިފުޅު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ކަމަކީ ތިބާގެ ނަފްސު އިޞްލާޙުކުރުން ކަމުގައި ހަދާށެވެ. ފަހެ ކުދިންގެ ލޯތައް ބަނދެވިފައިވާނީ ތިބާގެ ލޮލާއެވެ. އެކުދިންގެ ގާތުގައި ހެވަކީ ތިބާ ހެޔޮކަމެއް ކަމުގައި ދެކޭ ކަންތަކެވެ. އަދި އެކުދިންގެ ގާތުގައި ނުބަޔަކީ ތިބާ ނުބައިކަމެއް ކަމުގައި ދެކޭ ކަންތަކެވެ. ބަލި އެނގިގެން މެނުވީ ބޭސްނުދޭފަދަ ޑޮކްޓަރެއް ކަމުގައި އެކުދިންނަށްޓަކައި ތިބާ ވާށެވެ."

އުންމަތުގެ ބޮޑެތި ދަންނަބޭކަލުންގެ ތެރެއިން ގިނަ ޢަދަދެއްގެ ދަންނަބޭކަލުންނަކީ، މަންމައިންގެ އުނގުތަކުން ތަރުބިއްޔަތުވެވަޑައިގަތް ބޭކަލުންތަކެކެވެ.

އޭގެ ބައެއް މިސާލުތަކަކީ:

* ސުފްޔާނު އައްޘައުރީ
* އަބޫ ޢަމްރު އަލްއައުޒާޢީ
* ރަބީޢަތު އައްރައްޔި
* އިމާމް މާލިކް
* އިމާމް އައްޝާފިޢީ
* އިމާމު އަޙްމަދު

މާބަނޑުވެ އިނުމާއި ވިހެއުމާއި ގާތުން ކިރު ދިނުމާއި ދަރިންނަށް ހޭހަންކުރުމުގައި ހޭލައިހުރުމާއި ދަރިން ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރުމާއި އެކި ފަރާތްތަކުގެ ޙައްޤުތައް އަދާކުރުމަށް ވަޒީފާ އަދާކުރުމާއި ފިރިން އަނބިންނާއި ދަރިންނަށް ހިދުމަތްކުރުމާއި އަނބިން ފިރިންނާއި ދަރިންނަށް ޚިދުމަތްކުރުން ފަދަ ކަންކަން ކުރުމުގައި ތަޙައްމަލުކުރާ ވޭނާއި އުދާހާއި ވަރުބަލިކަން ދުނިޔަވީ ނަޒަރަކުން ވަޒަން ނުކުރާށެވެ.

މިކަން ކަމަކީ ޝަވާބާއި ދަރުމަ ލިބޭ އަޅުކަމެއްގެ ގޮތުގައި ދެކިގެން މިތަކުލީފުތައް އުފުލާށެވެ.

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް