ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ތެލެގޫ ފިލްމު "ޕުޝްޕާ" ގެ ޑައިރެކްޓަރު ސުކްމާރުގެ ފިލްމަކަށް މަޝްހޫރު އެލްޓަރު ރާމް ޗަރަން ސޮއިކޮށްފި އެވެ.
މިކަން މިއަދު އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށައި އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ އެވެ.
ދެހާސް އެކާވީހުގެ "ޕުޝްޕާ: ދަ ރައިޒް" އަށް ފަހު، ސުކްމާރު މިހާރު އަންނަނީ އޭގެ ދެވަނަ ބައި ބަތަލު އައްލޫ އަރުޖުންއާ އެކީ ހަދަމުންނެވެ. "ޕުޝްޕާ 2: ދަ ރޫލް" މި އަހަރުގެ އޮގަސްޓް 15 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
ސުކްމާރްގެ އާ ފިލްމަކަށް ޗަރަން ސޮއިކުރި އިރު އޭނަ އަކީ 2022 ގެ ބޮޑު ހިޓް "އާރްއާރްއާރް" ގެ އެއް ބަތަލެވެ. ޗަރަން ދެން އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ޝަންކަރްގެ "ގޭމްޗޭންޖާ" އިންނެވެ.