Last Updated: May 5, 21:32
Monday, May 6, 2024
ޚަބަރު

އައްޑޫ ކަރަންޓު މައްސަލައަށް އަވަސް ހައްލެއްގެ އުއްމީދެއް ނެތް

އައްޑޫ ބިން ހިއްކުން ފެއްޓެވުމުގެ ރަސްމީއްޔާތުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު / ފޮޓޯ: ރައީސް އޮފީސް

އައްޑޫ ކަރަންޓު މައްސަލަ އަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު އެކްސްގައި ކުރެއްވ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އިތުރަށް ސަމާލު ވާންޖެހޭ ކަމަށާއި ރޯދަމަހެއްގައި ގަޑި އަކުން ގަޑިއަކުން ކަރަންޓް ކަނޑަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

މިކަމަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތްއިރު، މި މައްސަލަ މިހެން ދިމާވެދާނެ ކަމަށް ތަކުރާރުކޮށް ހުށައެޅިފައިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ފެނަކައިގެ އެންމެ އިސްވެރިންގެ އެކަށީގެންވާ ޖަވާބެއް މިކަމުގައި ނުދޭތީ އެކަމާ ހިތާމަކުރައްވާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުވަންދެން، އެކި ހިސާބުތަކުން 1 ގަޑިއިރަަށް ކަރަންޓް ކަނޑަން ފެށީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކުރަން 7 ނުވަތަ 8 ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމަށާއި ކަރަންޓް ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ދިމާވާނެ ދަތިތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.