Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ކްރިސްޓިއަން ދީން ފަތުރަން އުޅުނު ދެ މީހަކު ހައްޔަރަށް

ހިޔާ ފުލެޓު ސަރަހައްދުގައި އެހެން ދީންތަކުގެ ލިޔުންތަކެއްއެޅި މައްސަލައެއްގައި ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސްތަކަށް، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާ ހިލާފަށް ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން 2 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ދެމީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމީހުން ކަމަށާއި، އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން އަޅަމުންދިޔައީ ކްރިސްޓިއަން ދީން ފެތުރުމުގެ ލިޔުންތަކެކެވެ.