ގައުމަށް ދޭން ރާވާ ބޮޑު ހަމަލާއަކުން އިންޑިއާ ސަލާމަތް ކުރަން އަކްޝޭ ކުމާރާއި ޓައިގާ ޝްރިފް ކުރާ މަސައްކަތްތަތައް ދައްކުވައިދޭ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ކުރިއަށް އިތް ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮޑް ހަދާފައިވާ އަދި އެކި ގައުމުތަކުގައި ޝޫޓްކޮށްފައިވާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ބަތަލާއިންނަކީ މަނޫޝީ ޗިލާރް އާއި އަލާޔާ ފަރްނީޗަރުވާލާ އެވެ.
މި ފިލްމުގެ މައި ވިލަން އަކީ ދެކުނުގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ. "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ރޯލަކުން ސޮނާކްޝީ ސިންހާ ވެސް ފެންނާނެ އެވެ.
ޕޫޖާ އެންޓަޓައިންމަންޓުން 350 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމު އަންނަ މަހުގެ 10 ގައި ރިލީޒްކުރާ އިރު، ހަމަ އެ ދުވަހު އަޖޭ ދޭވްގަންގެ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "މައިދާން" ވެސް ރިލީޒްކުރާނެ އެވެ.
"ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޑައިރެކްޓަރު އަލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޝާހިދު ކަޕޫރާ އެކީ ގެނެސްދިން އެކްޝަން ތުރިލާ "ބްލަޑީ ޑެޑީ" އެވެ.