Last Updated: July 22, 14:09
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ 3" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި ކާތިކް އާރިއަންގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

ކާތިކާއި ބަތަލާ ޓްރިޕްތީ ދިމްރީ އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީ މި ވާހަކަ މިއަދު އިންސްޓަގްރާމްގައި ހިއްސާކުރި އިރު، ފިލްމުގެ ޝޫޓިން ފެށީ މި މަހުގެ 9 ގަ އެވެ. ކާތިކް ބުނެފައިވާ ގޮތުގައި "ބޫލް ބުލައްޔާ 3" އަކީ އޭނަގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމެމެވެ. މި ފިލްމަކީ އޭނަގެ 2022 ގެ "ބޫލް ބުލައްޔާ 2" ގެ ފޮލޯއަޕެކެވެ. އަދި އާ ފިލްމަކީ ޓްރިޕްތީއާ އެކީ ކާތިކް ކުޅޭ ފުރަތަމަ ފިލްމެވެ.

"ބޫލް ބުލައްޔާ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. ތިން ވަނަ ބައިގެ ކާސްޓްގައި 2007 ގެ "ބޫލް ބުލައްޔާ" ގެ ބަތަލާ ވިދިއާ ބާލަން ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ފިލްމުގެ ކާސްޓްގައި މަދޫރީ ޑިކްސިޓް ވެސް ހިމެނެ އެވެެ. އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ބޫލް ބުލައްޔާ 2" ގައި ތައްބޫ ޑަބަލް ރޯލެއް ކުޅުނު ނަމަވެސް ކިއާރާއެކޭ އެއްގޮތަށް އޭނަ ވެސް "ބޫލް ބުލައްޔާ 3" ގައި ނުހިމެނެ އެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.

މި ފިލްމު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެ އެވެ.