Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އައްޑު އަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ހޯދަނީ

އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ އަށް އޮތް ހައްލަކީ ކެޕޭސިޓީ އިތުރުކުރަން 1.6 މެގަވޮޓްގެ އިތުރު ޖަނަރޭޓެއް ބެހެއްޓުން ކަމަށް ފެނަކަ އިން ބުނެފި އެވެ.

މި ފަހުން އައްޑޫގެ ގުޅިފައިވާ އަވަށްތަކަކަށް ކަރަންޓްދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ޖެހިގެން ދޭތެރެ ދޭތެރެ އިން ދަނީ އެކި އަވަށްތަކުން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންނެވެ. މީގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑު ތަކުލީފެއް ވަނީ އުފުލަން ޖެހިފަ އެވެ.

އައްޑޫ މަރުކަޒީ އިންޖީނުގެއަށް ދިމާވެފައިވާ ކެޕޭސިޓީގެ މައްސަލަ އަކީ މިހާތަނަށް އެކަށީގެން ހައްލެއް ނުގެނެވި، ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. ކޮންމެ ސަރުކާރަކުން ވެސް މި މައްސަލަ ހައްލުކުރަން މަސައްކަތްކުރެ އެވެ. އެގޮތުން އެކި ފަހަރު މަތިން އާ ޖެނެރޭޓަރުތައް ބެހެއްޓުުމުގެ މަސައްކަތް ވެސް މިހާތަނަށް ކޮށްފައިވެ އެވެ.

ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު މީޑިއާއަކަށް ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް މިހާރު ވެސް 17 ޖަނަރޭޓަރު ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ލޯޑު ބޮޑުވާތީ އިތުރު 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ބޭނުންވާ ކަމަށް އޭނަ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ޖަނަރޭޓަރު ވަރަށް އަވަހަށް ލިބޭނެ ކަމަށާއި އެ ލިބުމުން ކަރަންޓުގެ މައްސަލަ ހައްލު ވާނެ ކަމަށް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި އައްޑޫގައި 17 ޖަނަރޭޓަރު ބޭނުންކޮށްގެން އައްޑޫގެ ގުޅިފައިވާ އަވަށްތަކަސް ކަރަންޓު ދެމުން އަންނަ އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތަކަކީ ވަރަށް ގިނަ ދުވަސްވީ އެއްޗިއްސެވެ. އަދި އެ ތަކެތި ބޭނުން ކުރަނީ މަރާމާތުކޮށްގެން ކަމަށްވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މި ފަހުން ކަރަންޓްގެ މައްސަލަ ޖެހުނީ އައްޑު އަށް ކުރިން ގެންގޮސްފައި ހުރި ދެ މެގަވޮޓްގެ ދެ ޖަނެރޭޓަރު ބޭނުން ނުކޮށް ގިނަ ދުވަސްމުންނެވެ.

މުއާޒު ވިދާޅުވީ އެ ޖަނަރޭޜްތައް ކުރިން ހުރީ ބޭނުން ނުކޮށް އަވީގައި ބަހައްޓައިފަ އެވެ. އަދި މި ސަރުކާރު އައި ފަހުން ތަކެތި މަރާމާތުކޮށްގެން ކޮށްގެން ބޭނުން ކުރަން ވެސް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެ ދޭތން ލީކްވާތީ ބޭނުން ކުރެވޭ ހާލަތަކަށް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ އެ ދެ ޖަނެރޭޓަރު ހަލާކުވެފައި ނެތް ނަމަ މިހާރު ދިމާވެގެން އުޅޭ ކަރަންޓްގެ މައްސަލަ ކުރިމަތިނުވީހެވެ.

އޭނަ ވިދާޅުވީ އައްޑު އަށް އާ ޖަނަރޭޓަރެއް ގެނެވެންދެން ރާއްޖޭގެ އެކި ހިސާބުތަކުން އެއް މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.