Last Updated: April 29, 08:48
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ބަނާނާ ޑޭޓް ސުމޫތީ

* ބޭނުންވާ ތަކެތި:

2 ވަށް ދޮންކެޔޮ
¼ ޖޯޑު ކަދުރު (އޮތް ނަގާފައި)
2 ޖޯޑު އާމަންޑު މިލްކް
2 ސައިސަމުސާ އިސްބަގޫލް (ފެނަށްލައި ފޯކޮށްފައި)
½ ސައިސަމުސާ މުގުރި ކާފުރުފޮޅި
½ ލުނބޯ ހިުތް
4 އައިސް ކިއުބް
މުގުރި ފޮނިތޮށި (ދެއިގިލިން ނަގާލެވޭ ވަރު އެތިކޮޅެއް)
ލޮނުކޮޅެއް (ދެއިގިލިން ނަގާލެވޭ ވަރު އެތިކޮޅެއް)

* ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް ބްލެންޑަރަށް އަޅައި މިނެޓެއްހާ އިރު ވަންދެން މިކްސްކޮށްލުމުން ތައްޔާރުކޮށްލެވުނީ އެވެ.