Last Updated: April 29, 06:03
Monday, April 29, 2024
މުނިފޫހިފިލުވުން

"ހީރާމަންޑީ" ގެ ޕްރީމިއާ މެއި 1 ގައި

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އަންނަ މެއި މަހުގެ 1 ގައި ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މީގެ ޓީޒާ ޓްރެއިލާއަކާއި ލަވައެއް ވެސް ކުރިން އާންމުކޮށްފައިވާ އިރު، މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއްޗެކެވެ. އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑްލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިއާއިންގެ ވާހަކަ ކިޔައިދޭ "ހީރާމަންޑީ" ގެ ބަތަލާއިންގެ ތެރޭގައި މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް، އަދިތީ ރާއޯ ހައިދަރީގެ އިތުރުން ބަންސާލީ އަސް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް ވެސް ހިމެނެ އެވެ.

ބަންސާލީ ފިލްމުތަކުން އާންމުކޮށް އޭނަގެ ސިގްނޭޗާ ގްރޭންޑް ސެޓްތަކެއްގައި މަންޒަރުތައް ނަގާފައިވާ މި ސީރީޒަކީ ބެލުންތެރިން މުޅިން ތަފާތު ހިތްގައިމު ދުނިޔެއަކަށް ގެންގޮސްދޭނެ އެއްޗެކެވެ. "ހީރާމަންޑީ" އިން ފެންނާނެ އެކްޓަރުންގެ ތެރޭގައި ޝޭކަރް ސުމަން އާއި އޭނަގެ ދަރިފުޅު އަދިޔަން ސުމަން އާއި ކުރީގެ އެކްޓަރު ފަރުދީން ޚާންގެ އިތުރުން ތާހާ ޝާހް ހިމެނެ އެވެ.

ހަތް އެޕިސޯޑްގެ މި ސީރީޒް ޑައިރެޓްކޮށްފައި ވަނީ ބަންސާލީގެ އިތުރުން މިތަކްޝަރާ ކުމާރެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" އެވެ. މީގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ.