Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ބިލް ގޭޓްސްގެ "ޗައިވާލާ" ރާއްޖޭގައި!

އިންޑިއާ އާއި ޕާކިސްތާން ފަދަ ގައިމުތަކުގައި "ޗައިވާލާ" އިިންގެ މަޝްހޫރުކަން ބޮޑެވެ. މީގެ އަހަރުތަކެއް ކުރިން ޕާކިސްތާންގައި ސައި ވިއްކަން އުޅުނު މީހަކަށް އާންމުންގެ ސަމާލުކަން ހުއްޓި، އޭނަ ފަހުން ބޮޑު ސެލެބްރިޓީއަކަށްވި އެވެ. އެކަމުން ލިބުނު މަޝހޫރުކަމާ އެކީ އެ ޗައިވާލާ ވެގެން ދިޔައީ ބޮޑު ވިޔަފާރިވެރިއަށެވެ.

މިހާރު އަނެއްކާ އިންޑިއާ އިން ވެސް މިއޮތީ ޗައިވާލާގެ ވާހަކަ ވަރަށް ބޮޑަށް ޓްރެންޑްވެފަ އެވެ. މިއީ ޑޮލީ އެވެ. އަސްލު ނަމުން ނަމަ ސުނިް ޕަޓިން އެވެ. ޑޮލީ އޭނަގެ ކުރީގެ ލޯބިވެރިޔާ ލޯބިން ކިޔައި އުޅުނު ނަމެވެ. ފަހުން އެ ނަން ހަރުވ އެވެ.

ޑޮލީ އަކީ ވަރަށް ސްޓައިލްގައި، ވަރަށް އާޓިސްޓިކްކޮށް މަގުމަތީގައި ސައި ތައްޔާރުކޮށް ވިއްކަމުން އަންނަ މީހެކެވެ. ޑޮލީ އަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ބޮޑަށް ހުއްޓުނީ އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝްމްގެ އަމްބާނީގެ ހަގު ދަރުފުޅު އާނަންތު އަމްބާނީގެ ޕްރީ-ވެޑިން ހަރަކާތްތަކަށް އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް މި މަހުގެ ކުރީކޮޅު އިންޑިއާ އަށް ކުރި ދަތުރުގެ ތެރެއިން ޑޮލީގެ ސައެއްގެ ރައި ބަލާލި ހިސާބުންނެވެ.

މި ވީޑިއޯ ގޭޓްސްގެ ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވެ އެެވެ.

އޭގެ ފަހުން ޑޮލީގެ މަޝްހޫރުމަން ބޮޑުވެ، އޭނަގެ އަތުން ސައިބޯނންދާ މީހުން ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސެލެބްރިޓިން ވެސް ހިމެނެ އެވެ.

ޑޮލީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނަގެ ފެޝަން ސްޓައިލެވެ. ސައިގެ ވިޔަފާރީގެ މަގުމަތީގައި އޭނަ އަބަދު ވެސް ހުންނަނީ ނިކަން ރީއްޗަށް އެހާމެ ސްޓައިލިޝްކޮށް ނަލަހެދިގެންނެވެ. ޑޮލީ ބުނާ ގޮތުން އޭނަގެ ފެޝަން އިންސްޕިރޭޝަނަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގައި އެކްޓަރު ޖޯނީ ޑެޕް ކުޅުނު ޖެކް ސްޕެރޯގެ ކެރެކްޓާ އެވެ.

ދެހާސް ހަތަކުން ފެށިގެން ނާގްޕޫރްގައި ސައި ވިއްލުމުގެ މަސައްކަތް ކުރަމުން އަންނަ ޑޮލީ ބުނީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތަކީ ވެސް ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އަދި އަބަދު ވެސް ވަރަށް ގިނައިން ދެކުނު އިންޑިއާގެ ފިލްމުތައް ބަލާތީ އޭނަގެ ސައި ތައްޔާރުކުރުމުގައި ގެންގުޅޭ ގޮތްގަނޑާއި ސާވް ކުރަން ގެންގުޅޭ ސްޓައިލަކީ ރަޖްނީކާންތު ފަދަ ދެކުނު ތަރިންގެ ފަރާތުން ވާރުތަވެފައިވާ އާޓެވެ.

މި ޗައިވާލާގެ ވާހަކަ ކުރުކޮށްލާފައި މިހާރު ބުނަން އޮޔް ވާހަކަ އަކީ އޭނަ މިހާރު ރާއްޖޭގައި ހުރި ވާހަކަ އެވެ. ޗުއްޓީ އަށް ރާއްޖެ އައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަންނަނީ ދައުރުވަމުންނެވެ. އިންޑިއާގެ ޗައިވާލާ ރާއްޖެ މި އައީ އިންޑިއާ މީހުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެންވެ އޭނަގެ މި ދަތުރުގެ ނަތީޖާ އިން ސައިގެ ވިޔަފާރި އަށް ވެދާނެ ގޮތަކާ މެދު ބައެއް މީހުން މިހާރު ކަންބޮޑުވެ އެވެ. އިންޑިއާގެ ނޫސްތަކުގައި ވެސް ޑޮލީ ރާއްޖެ ހުރި ވާހަކަ އަންނަނީ ކިޔަމުންނެވެ.